ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
މިކަން ހާމަކޮށް ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބައްޕާފުޅުގެ ފަރާތްޕުޅުން އިންޑިއާގެ ދިއްލީއަށް ވަޑައިގަންނަވަނީ ބައްދަލުވުންތަކެއްގައި ބައިވެރިވުމަށް ކަމަށެވެ.
https://twitter.com/dunyamaumoon/status/1050637708425449472
ރައީސް މައުމޫނަކީ އެމަނިކުފާނުގެ ވެރިކަމުގައި ހާރިޖީ ސިޔާސަތުގެ ދަށުން ގިނަ ގައުމުތަކަކާއި ގާތް ގުޅުމެއް ބޭއްވި ބޭފުޅެކެވެ.
ރައީސް މައުމޫންގެ ފަރާތްޕުޅުން ދުންޔާ އިންޑިއާއަށް ވަޑައިގަންނަވާއިރު މި ފަހުން ރައީސް މައުމޫން ވަނީ ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަކުރައްވާފައެވެ. ޖަލުން މިނިވަން ވުމާއެކު އެކި ގައުމުތަކުގެ މަންދޫބުންނާއި އެމްބެސެޑަރުން ގެންދަވަނީ އެމަނިކުފާނާއި ބައްދަލުކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް