ސްމާޓް ފޯނުގައި އިނގިއްޔެއް ހަރުކޮށްފި

ސްމާޓް ފޯނުން މިހާރުވެސް ލައްކަ ގިނަ ކަންކަން ކުރެވެއެވެ. ނަމަވެސް މިއީ ތަފާތު ކަމެކެވެ. ފްރާންސްގައި ދިރާސާކުރާ ފަރާތަކުން މިވަނީ ސްމާޓް ފޯނުގައި ހަރުކޮށް ބޭނުން ކުރެވޭ އިނގިއްޔެއް އުފައްދާފައެވެ. މޭ...

12 Oct 2018 | 06:15

ސްމާޓް ފޯނުން މިހާރުވެސް ލައްކަ ގިނަ ކަންކަން ކުރެވެއެވެ. ނަމަވެސް މިއީ ތަފާތު ކަމެކެވެ. ފްރާންސްގައި ދިރާސާކުރާ ފަރާތަކުން މިވަނީ ސްމާޓް ފޯނުގައި ހަރުކޮށް ބޭނުން ކުރެވޭ އިނގިއްޔެއް އުފައްދާފައެވެ.

މޭޒުމަތީގައި ފޯނު އޮންނަ އިރު މި އިނގިލީގެ އެހީގައި ފޯނު އެއްތަނުން އަނެއް ތަނަށް މޫވް ކުރެވެއެވެ. ޗެޓް ކުރާއިރު އިމޯޓިކޮންސް އެއް ފޮނުވުމުން އެ އިމޯޓިކޮން އަކާއި ގުޅޭގޮތަށް އަތުގައި އެ އިނގިލިން ފިރުމާލައެވެ. މިފަދަ އެތައް ކަމެއް އެ އިނގިލި ކުރެއެވެ.

މި އީޖާދު ކޮށްފައިވަނީ މާކް ޓޭސިއަރ ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަކީ އިންޖިނޭރިން ސްކޫލެއްގައި ޕީއެޗްޑީ ހަދަމުން އަންނަ ދަރިވަރެކެވެ. އޭނާ މި އުފެއްދުން އީޖާދުކޮށްފައިވަނީ ޕީއެޗްޑީގެ ޕްރޮޖެކްޓަކަށެވެ.

މި އީޖާދުގެ ވީޑިއޯއެއް އާންމު ކުރުމާއެކު ގިނަ ބަޔަކަށް މި އުފެއްދުން ކަމުދިޔުމުން މި އުފެއްދުން މާކެޓަށް ނެރުމުގެ ވިސްނުން މިހާރު އެބަހުރި ކަމުގައި އޭނާ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް