ވީޕީ ބުނެގެން ކަމަށްބުނެ އައި ބަޔަކު ވަގުތު ނޫހުގެ ހިއްސާ ފޭރިގަތް މައްސަލަ ޕޮލިހަށް ހުށަހަޅައިފިން: މުޝައްރަފް

ވަގުތު ނޫހުގައި ޗީފް އެޑިޓަރުގެ މަގާމުގައި ހުރި މުޝައްރަފް ހަސަން އަށް ބިރު ދެއްކުމަށްފަހު ނޫހުގައި އޮންނަ އޭނާގެ ހިއްސާ ބަޔަކު ފޭރިގަތް ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް މިރޭ ހުށަހަޅައިފި އެވެ. ދ...

12 Oct 2015 | 15:57

ވަގުތު ނޫހުގައި ޗީފް އެޑިޓަރުގެ މަގާމުގައި ހުރި މުޝައްރަފް ހަސަން އަށް ބިރު ދެއްކުމަށްފަހު ނޫހުގައި އޮންނަ އޭނާގެ ހިއްސާ ބަޔަކު ފޭރިގަތް ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް މިރޭ ހުށަހަޅައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން މުޝައްރަފް ވިދާޅުވީ ނޫހުގެ ހިއްސާއާއި ޗީފް އެޑިޓަރު ކަމުގެ މަގާމު ބަޔަކު ފޭރިގަތީ ބިރު ދެއްކުމަށްފަހުގައި ކަމަށާއި އަދި އެބަޔަކީ ނައިބު ރައީސް އަހުމަދު އަދީބު ފޮނުވައިގެން އައި މީހެއް ކަމަށް އެތަނުން އެކަކު ބުނި ކަމަށެވެ.

"މިދިޔަ ސެޕްޓެމްބަރު މަހު ހަތްވަނަ ދުވަހުގެ ރޭ ހިނގި ކަމެއް އެއީ، އޭރު އެތާގައި ތިބީ ނޫހުގެ ސީއޯއާއި ހަސަން އަބްދުﷲ އާއި މާކެޓިން އެގްޒެކެޓިވް އިސްމާއިލް ޝަފްރާޒު، އެ ދެމީހުންވެސް ހިފީ އަޅުގަނޑާ ދެކޮޅަށް. ދެންހުރީ އަދީބު ފޮނުވިކަމަށް ބުނާ މީހާ،" މުޝައްރަފް ވިދާޅުވިއެވެ.

މިކަމާ ބެހޭގޮތުން ވަގުތު ނޫހުގެ ބަހެއް ހޯދާލުމަށް ނޫހުގެ ސީއީއޯ ހަސަން އަބްދުﷲ އާއި ވާހަކަ ދައްކާލުމުން ހަސަން ވިދާޅުވީ "ނޯ ކޮމެންޓް" ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް