ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ކުޑަކުއްޖަކު ހައްޔަރުކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 13 ރަބަރު ޕެކެޓާ އެކު ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ  16 އަހަރުގެ ފިރިހެން ކުއްޖެކެވ...

12 Oct 2015 | 06:55

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 13 ރަބަރު ޕެކެޓާ އެކު ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ  16 އަހަރުގެ ފިރިހެން ކުއްޖެކެވެ.

ފުލުހުން ބުނީ މި ކުއްޖާ ފުލުހުންގެ ބެލުމުގެދަށަސް ގެނެސްފައިވަނީ މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ގަލޮޅު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނަށް މި ކުއްޖާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މި އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 12:20 ހާއިރު އަލިކިލެގެފާނު މަގު ސިޓީ ޕާކް ތެރެއިން ކަމަށެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތައް ފެނިފައިވަނީ މިކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު ކަމަށާއި މި މައްސަލަ ޑްރަގް އެންޑްފޯރސްމަންޓް ޑިޕާޓްމަންޓުން  ތަހުޤީގް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް