ތައުލީމީ ފެންވަރު ވަޒަންކުރުމަށް 112 ސްކޫލެއްގައި ނެޝަނަލް އެސެސްމަންޓް ފަށައިފި

ތައުލީމީ ފެންވަރު ވަޒަން ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 112 ސްކޫލެއްގައި ނެޝަނަލް އެސެސްމަންޓު މިއަދު ފަށައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި ސްކޫލްތަކުގެ ގްރޭޑް ހަތަރެއް...

12 Oct 2015 | 06:48

ތައުލީމީ ފެންވަރު ވަޒަން ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 112 ސްކޫލެއްގައި ނެޝަނަލް އެސެސްމަންޓު މިއަދު ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި ސްކޫލްތަކުގެ ގްރޭޑް ހަތަރެއް އަދި ހަތެއް ގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ފެންވަރު ބެލުމުގެ މި އިމްތިހާނު ގްރޭޑް ހަތެއްގެ ގެ ދަރިވަރުން މިއަދު ހެނދުނު ހަދާފައި ވާ އިރު، ގްރޭޑް ހަތަރެއްގެ ގެ ދަރިވަރުންގެ އިމްތިހާނު އޮންނާނީ މިއަދު ހަވީރު އެވެ.

"ރާއްޖޭގެ ސްކޫލުތަކުގައި ދެވޭ ތައުލީމުގެ ފެންވަރު ބަލައި މަތިކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ކޮލިޓީ އެޝުރަންސް ޑިޕާރޓްމަންޓުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މި ޤައުމީ ފެންވަރުގެ އިމްތިހާނުގައި މިއަދު އޮތީ އިނގިރޭސި ބަހުގެ އިމްތިހާނު، އަދި މާދަމާ އަށް ހަމަޖެހިފައިވަނީ ހިސާބު މާއްދާގެ އިމްތިހާނު، މީގެ އިތުރުން، ދެން ހަދާ ނެޝަނަލް އެސެސްމަންޓްގައި ދިވެހި ބަހުގެ އިމްތިހާނު ހިމެނުމަށްޓަކައި މި މަހުގެ 18 ވަނަ ދުވަހު ރާއްޖޭގެ 11 ސްކޫލެއްގައި ދިވެހި މާއްދާގެ ޕައިލެޓް އިމްތިހާނު އޮންނާނެ" މިނިސްޓްރީން ހާމަކުރެ އެވެ.

މިނިސްޓްރީން ހާމަކުރާ ގޮތުގައި ނެޝަނަލް އެސެސްމަންޓް ހެދުމަށް ހަމަޖެހިފައިވަނީ ކޮންމެ ތިން އަހަރަކުން އެއް އަހަރު އެވެ.

ނެޝަނަލް އެސެސްމަންޓް މެދުވެރިކޮށް ސްކޫލްތަކުގައި ދަރިވަރުންނަށް ފޯރުކޮށްދެވޭ ތައުލީމީ ފެންވަރު އަގުކޮށް، ދަރިވަރުންގެ ފެންވަރު ވަޒަންކުރެވި އަދި ދަރިވަރުން ހާސިލްކުރާ ނަތީޖާތަކަށް އަސަރު ފޯރާ ސަބަބުތައް ދެނެގަނެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް