ބޮއިކޮޓް ކުރަން ގޮވާލުމާއެކު ބަބްލީ ސުޕާރީން ނުފެންނާކަށް އެއްޗެއް ނެތް!؟

މިދުވަސްކޮޅު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އެންމެ ހޫނު އެއްވާހަކައަކީ ބަބްލީ ސުޕާރީ ބޮއިކޮޓް ކުރުމަށް ގޮވާލާ ވާހަކަ އެވެ. ދައުރުވަމުން އަންނަނީ އެ ސުޕާރީ ބޮއިކޮޓް ކުރުމަށް ގޮވާލާ ބޮއިކޮޓް ކުރަ...

12 Oct 2015 | 02:41

މިދުވަސްކޮޅު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އެންމެ ހޫނު އެއްވާހަކައަކީ ބަބްލީ ސުޕާރީ ބޮއިކޮޓް ކުރުމަށް ގޮވާލާ ވާހަކަ އެވެ. ދައުރުވަމުން އަންނަނީ އެ ސުޕާރީ ބޮއިކޮޓް ކުރުމަށް ގޮވާލާ ބޮއިކޮޓް ކުރަންވީ ސަބަބު ދައްކުވައިދޭ ފޮޓޯތަކެވެ.

ވެގެން މިއުޅޭގޮތަކީ ކޮންމެވެސް މީހަކު އޭނާ ކަނޑައިލި ބަބްލީ ސުޕާރީ ޕެކެޓަކުން ކޮންމެވެސް ދިރޭ އެއްޗެއް ފެނުނުކަމަށް ބުނެ ފޭސްބުކަށް އެ ފޮޓޯ އަޕްލޯޑްކޮށް އެ ސުޕާރީ އާއިމެދު ސަމާލުވުމަށް އިލްތިމާސްކޮށް ބޮއިކޮޓް ކުރަން ގޮވާލީ އެވެ. މިކަމެއް ހިނގިކަމަށްވަނީ މީގެ ފަސް ވަރަކަށް ދުވަސް ކުރިންނެވެ.

ބޮއިކޮޓް ކުރަން ގޮވާލުމާއެކު ރާއްޖޭގައި މިހާރު އެންމެ މަގުބޫލު ސުޕާރީ ކަމުގައިވާ ބަބްލީ ސުޕާރީގެ ފޭނުން މިކަން ގަބޫލު ކުރާކަށް ބޭނުމެއްނުވި އެވެ. ބަދަލުގައި ބަބްލީ ސުޕާރީން ނުފެންނާކަށް އެއްޗެއް ނެތްކަމަށްބުނެ ސޯޝަލް މީޑިއާއަށް ފޮޓޯތައް އޮއްސަމުން އަންނަތާ ހަފްތާއެއް ވާން ގާތްވަނީ އެވެ.

މިހާރު ބަބްލީ ސުޕާރީން ނުފެންނާކަށް އެއްޗެއް ނެތެވެ. ކާއްޓާއި ފިހުނު މަހާއި ހަރުފައާއި ކޯސްޓު ކިރުދަޅާއި ކެމެރާ އާއި އިންސާނުންވެސް ބަބްލީ ސުޕާރީން ފެންނަން ފަށާފައިވާކަމަށްބުނެ ސޯޝަލް މީޑިއާގައި ފޮޓޯތައް އަންނަނީ ދައުރު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް