މިދިޔަ ހޮނިހިރު ދުވަހު ހ.ފެންނާގޭ ހަވަނަ ބުރިން ލިފްޓް ގޮޅިއަށް ވެއްޓި ނިޔަވި ތުއްތު ކުއްޖާގެ ފޮޓޯ ދައުރު ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.
ފުލުހުން ބުނީ މި ފޮޓޯ ސޯޝަލް މީޑިއާގައި އަދި ބައެއް ޢާއްމު މީޑިއާ ތަކުގައި ބޭނުންކުރަމުންދާތީ އެކަމުގެ ކަންބޮޑުވުމާ ނުތަނަވަސްކަން އެ ތުއްތު ކުއްޖާގެ ޢާއިލާއިން ވަނީ ފުލުހުންނަށް ހުށަހަޅާފައި ވާކަމަށެވެ.
"އެހެންކަމުން އެ ތުއްތު ކުއްޖާގެ ފޮޓޯ ސޯޝަލް މީޑިއާގައި ޢާއްމު ނުކުރެއްވުމަށް އިލްތިމާސް ކުރަން، އަދި އެ ތުއްތު ކުއްޖާގެ ފޮޓޯ ސޯޝަލް މީޑިއާގައި ޢާއްމު ކުރައްވާފައިވާ ފަރާތްތަކުންވެސް އެތުއްތު ކުއްޖާގެ ފޮޓޯ ސޯޝަލް މީޑިއާއިން ނަންގަވައި ދެއްވުމަށް ވެސް އިލްތިމާސް ކުރަން" ފުލުހުން ހާމަކުރެ އެވެ.
ފުލުހުން އިތުރަށް ބުނީ ކުޑަކުދިންގެ ފޮޓޯ އެއްވެސް ޙާލަތެއްގައި ސޯޝަލް މީޑިއާ ފަދަ ވަޞީލަތްތަކުގައި ޢާއްމު ކުރުމަކީ އެފަދަ ކުދިންގެ ކަރާމާތަށް އުނި އަންނާނެކަމަކަށް ވާތީ އެފަދަ ކަންކަން އެގޮތަށް ނުކުރުމަށް ހަނދުމަފުޅުކޮށް އަރުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް