ފުލުހުންގެ އަމުރަށް ކިޔަމަންތެރިނުވެ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ފުލުހެއްގެ ގައިގައި ޖެހިއްޖެ!

ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވާފައި އައި ސައިކަލެއް ވީސީޕީ އިން މަޑުކުރުމަށް ފުލުހުން އިޝާރާތް ކުރުމުން ފުލުހުންގެ އަމުރަށް ކިޔަމަންތެރިނުވެ ސައިކަލު މަޑުނުކޮށް ދުއްވާފައި ދިޔަ މީހަކު ހައްޔަރު...

12 Sep 2024 | 09:23

ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވާފައި އައި ސައިކަލެއް ވީސީޕީ އިން މަޑުކުރުމަށް ފުލުހުން އިޝާރާތް ކުރުމުން ފުލުހުންގެ އަމުރަށް ކިޔަމަންތެރިނުވެ ސައިކަލު މަޑުނުކޮށް ދުއްވާފައި ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

އޭނާ މަޑުނުކޮށް ދާން އުޅުމުގެ ތެރޭގައި އޭނާ ދުއްވި ސައިކަލުން ފުލުހެއްގެ ގައިގައި ޖެހިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރޭ މެންދަމު1:20 ހާއިރު ރަސްފަންނު ކައިރިން ނުރައްކާތެރިކޮށް ދުއްވާފައި ދިޔަ ސައިކަލު ފުލުހުން ވަނީ ޓޯކޮށް، އަދި ސައިކަލު ދުއްވި ފަރާތް، މއ. ހޮތްތަލަވިލާ/މާލެ، އާދަމް ޒިދާން (23އ) ހައްޔަރުކޮށްފައެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަހަށް އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް