"ފަޒީސް ހިޖާމާ ތެރަޕީ" ރަޖިސްޓްރީކޮސް އޮޕްރޭޓިންގ ލައިސަންސް ލިބެންދެން އެ ކްލިނިކުން ދެމުންދާ ހިޖާމާ ފަރުވާގެ ޚިދުމަތް ދިނުން ހުއްޓާލުމަށް ހެލްތު މިނިސްޓްރީން ތަކުރާރުކޮށް އަންގާފައިވާ އިރުވެސް އޭނާ ދަނީ ޚިދުމަތް މެދުކެނޑުމެއް ނެތި ދެމުންނެވެ.
ހިޖާމާ ތެރަޕީ ގެ ނަމުގައި އޭނާ ސޯސަލް މީޑިއާގައި ސިއްހީ ޚިދުމަތުގެ ގޮތުގައި ކޮށްފައިވާ އިޝްތިހާރުތަކަކީ ހެލްތު މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ ކުރެވޭނެ ކަންކަން ކަމަށް ވާތީ އެފަދަ އިސްތިހާރުތައްވެސް ނެގުމަށް ހެލްތު މިނިސްޓްރީން އޭނާއަށް ވަނީ އަންގާފައެވެ.
އޭގެ އިތުރުން ސޯސަލް މީޑިއާގައި ބަލިމީހުންގެ މެޑިކަލް ރިޕޯޓު ތަކުގެ މައުލޫމާތު ހިއްސާ ކުރުމަކީ އެންމެ ރައްކާތެރި އަދި ސައްޙަ މައުލޫމާތުކަން ކަށަވަރު ނުވާތީ އެފަދަ ރިޕޯޓުތައްވެސް ސޯސަލް މީޑިއާއިން ނެގުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ. ބަލިމީހުންގެ މެޑިކަލް ރިޕޯޓުތައް އާއްމުކުރެވޭނީ އެފަދަ ހާލަތެއްގައި ބަލިމީހާގެ ހުއްދަ އާއި އެކުގައި ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި ރަޖިސްޓްރީކޮށް އޮޕަރޭޓިންގ ލައިސަންސް ނުނަގާ އެ ޚިދުމަތް ދެމުން ދާ ނަމަ އޭނާއަށް މިނިސްޓްރީއަށް ލިބިގެންދާ ބާރުގެ ދަށުން ކަމާގުޅޭ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.
އެހެން ނަމަވެސް އޭނާ އެ ޚިދުމަތް މެދުކަނޑާލުމެއް ނެތި ގެންދަނީ ޚިދުމަތް ދެމުންނެވެ.
އަދި އޭނާގެ ސޯސަލް މީޑިއާގެ ޕްލެޓްފޯމްގައި ބަލި މީހުންނާ ގުޅުން ހުރި ފޮޓޯ ފަދަ ތަކެތި މިއަދުވެސް ވަނީ ހިއްސާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް