މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން އަންގައިފިއެވެ.
ސްޓެލްކޯއިން ބުނީ މާދަމާ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްްޓާފައިވާ132 ކޭވީ ހައިވޯލްޓޭޖު ސްބަސްޓޭޝަން ގްރޭޓާމާލެ އިންޓަރކަނެކްޝަން ގުޅުވާލައި އެ ސަބްސްޓޭޝަން އެންރޖައިޒް ކުރުމަށްޓަކަައި ކުރާ މަސަައްކަތް ކުރުމަށް މާދަމާގެ ހެނދުނު6:00 އިން7:00 އަށް ހުޅުމާލެ އަދި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ސްޓެލްކޯއިން ވަނީ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަަކަށް މާފަށް އެދިފައެވެ.
ސްޓެލްކޯއިން، ކަރަންޓ ކެނޑޭނެ ކަމަށް ލަފާކޮށް ވަކި ސަރަހައްދެއް ފާހަގަކޮށް އަންގާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް