މި މަހު ނުވަ ވަނަ ދުވަހު މާލެ ގެސްޓު ހައުސްއެއްގެ ތެރޭގައި ޒަޚަމްތަކަކާއި އެކު އޮއްވާ މީހަކު ފެނުނު މައްސަލައާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މި ދެމީހުން ހައްޔަރުކޮށްފައިވަނީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ.ތުލުސްދޫ/ޕެރިސް، ފައުޒާން ޒަރީރު (23އ) އަދި މާލެ/މއ.ވޮއްކޮޅުގެ، އަހުމަދު މާޒިން އިބްރާހިމް(23އ) އެވެ.
މި މައްސަލައާއި ގުޅިގެން އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކުރިމިނަލް ކޯޓުންވަނީ ޝަރީއަތް ނިމެންދެން އެމީހުން ބަންދު ކުރުމަސް އަމުރުކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް