ބާތިލު ވޯޓު ކަނޑައެޅި ގޮތުން މާރިޔާގެ ފާޑުކިޔުން އިލެކްޝަންސް ކޮމިޝަނަށް!

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބާތިލު ވޯޓު ކަނޑައެޅި ގޮތުން 'އިބޫއަސްލަމް' ކެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީދީ އިލެކްޝަންސް ކޮމިޝަނަށް ފާޑު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ކެމްޕޭން ހަރަކާތްތެރިން...

12 Sep 2023 | 17:57

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބާތިލު ވޯޓު ކަނޑައެޅި ގޮތުން 'އިބޫއަސްލަމް' ކެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީދީ އިލެކްޝަންސް ކޮމިޝަނަށް ފާޑު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެމްޕޭން ހަރަކާތްތެރިންނާއެކު އެ ޕާޓީން މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ބާތިލް ވޯޓު ނޭނގޭނަމަ އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއް ވޯޓު ގުނާއިރު ހާޒިރުވެ އިންނެވުން ރަނގަޅު ކަމަށެވެ.

"މުސްކުޅިއެއްގެ އަތުން މި ޖެހުނުކަން ރަނގަޅަށް ނޭނގޭތީ ޔަގީން ކޮށްލަން ދެވަނަ ފަހަރު އޭގެ މަތީގަ އަޅާލާފަ ހުއްޓަސް ހަމަ ސީދާ ކަނޑައެޅިގެން އެ ހެޔޮ ފާހަގަކަން އިނގޭއިރުވެސް، ތިމަންނަ މެންގެ ގަވާއިދު ތަންދެއޭ ކިޔާފަ ވޯޓު ބާތިލު ކޮށްފަ އެބަހުއްޓޭ" މާރިޔާ ވިދާޅުވިއެވެ.

ދުވަސްވީ މީހުންނަށް ވޯޓު ލުމުގައި ހުރި ދަތިތައް ފާހަގަ ކުރައްވައި މާރިޔާ ވަނީ ވޯޓު ލާން ހަމަޖައްސާފައި ހުރި އިންތިޒާމުތައް ކަމުނުދާ ކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިން އިންތިހާބު ތަކުގައި ދުވަސްވީ މީހުންނަށް އަވަހަށް ވޯޓު ލެވޭ ކަމަށާއި ނަމަވެސް މިފަހަރު އެމީހުންނަށް ވީލްޗެއަރ ވެސް ނުވެއްދޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އޭގެ އިތުރުން ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ އެތައް ބައެއް ގިނައިރު ކިޔުގައި ތިބެން ޖެހުމުގެ ސަބަބުން ވޯޓު ނުލާ ގެއަށް ދިޔަ ކަަމަށް މާރިޔާ ވިދާޅުވިއެވެ.

އެހެން ނަމަވެސް އެ މައްސަލަތައް ހިފައިގެން ކޯޓަށް ނުދާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް