ވަޓްސްއެޕުން "ފިލްޓަރ ގްރޫޕްސް ޗެޓް" ގެ ނަމުގައި އާ ފީޗާއެއް ތަޢާރަފް ކުރަނީ

މެޓާ ހިއްސާވާ ވަޓްސްއެޕުން އެންޑްރޮއިޑްގައި "ފިލްޓަރ ގްރޫޕްސް ޗެޓް" ގެ ނަމުގައި އާ ފީޗާއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޑަބްލިއުއޭބީޓާއިންފޯއިން ބުނީ އާ ފީޗާގެ ...

12 Sep 2023 | 17:46

މެޓާ ހިއްސާވާ ވަޓްސްއެޕުން އެންޑްރޮއިޑްގައި "ފިލްޓަރ ގްރޫޕްސް ޗެޓް" ގެ ނަމުގައި އާ ފީޗާއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޑަބްލިއުއޭބީޓާއިންފޯއިން ބުނީ އާ ފީޗާގެ ސަބަބުން ޔޫސަރުންނަށް ވަކިވަކި ޗެޓްތައް ނުލާ ގްރޫޕްތަކުގެ ޗެޓް ލިސްޓެއް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން "ޕާސަނަލް" ފިލްޓަރުގައި ކުރިން ގްރޫޕްތަކާއި ކޮމުނިޓީތަށް ހިމެނިފައިވާތީ ވަކިވަކި ފަރުދުންނާއި ގްރޫޕް ޗެޓްތައް އިތުރަށް ތަފާތުކުރުމަށް "ޕާސަނަލް" ފިލްޓަރަށް "ކޮންޓެކްޓްސް" ގެ ނަން ދީފައިވާކަން ވެސް ބޭނުންކުރާ މީހުންނަށް ފާހަގަވާނެ އެވެ.

އަނެއްކޮޅުން އާ "ކޮންޓެކްޓްސް" ފިލްޓަރުގައި ހިމެނޭނީ ވަކިވަކި ން ދައްކާ ވާހަކަތަކެކެވެ.

މީގެ އިތުރުން "ބިޒްނަސް" ފިލްޓަރު ނައްތާލާފައިވާ ކަމަށް ވެސް ރިޕޯޓުގައި ވެ އެވެ.

މަސައްކަތާއި ޢާއިލާއާއި ރައްޓެހިން ނުވަތަ ހޮބީފަދަ ތަފާތު ބޭނުންތަކަށް ބޭނުންކުރާ މީހުން ގިނަ ގުރޫޕްތަކާ ގުޅެމުންދާތީ- މި ހާއްސަ ފިލްޓަރުގެ ސަބަބުން އެމީހުންގެ ގްރޫޕްގެ ވާހަކަތަކަށް ވަރަށް އަވަހަށް އެކްސެސްކޮށް މެނޭޖްކުރުމަށް މަގުފަހިވެގެންދާނެކަމަށާއި، މި ފިލްޓަރގައި ހަމައެކަނި ހިމެނޭނީ ގުރޫޕް ޗެޓްތައް ކަން އެނގޭނެއެވެ.

ގުރޫޕް ޗެޓްފިލްޓާ ކުރާނެ ފީޗާ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ތަނުގައި މި އެޕްލިކޭޝަންގެ އަޕްޑޭޓެއް ލިބޭނެ ކަމަށް އެ ރިޕޯޓުގައި ވެ އެވެ.

ވަޓްސްއެޕުން އަންނަނީ އެންޑްރޮއިޑްގައި ޓެސްޓަރުން ބީޓާ ކުރުމަށް އެޕް ސެޓިންތަކަށް އާ އިންޓަފޭސްއަކާ އެކު މަލްޓި އެކައުންޓް ފީޗާއެއް ތައާރަފް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި މަލްޓި އެކައުންޓް ފީޗާއާއެކު ވަޓްސްއެޕް ސެޓިންގްސްގެ ތެރޭގައި ސީދާ އެއް ޑިވައިސްއެއްގައި އިތުރު އެކައުންޓެއް އެޑް ކުރެވޭނެ އެވެ.

ދެވަނަ ފީޗާއަކީ ރީޑިޒައިންކޮށްފައިވާ ސެޓިންސް އިންޓަފޭސްއެއް ކަމަށާއި، މި ފީޗާގެ ސަބަބުން އެޕްލިކޭޝަންގެ ތަފާތު އޮޕްޝަންތައް މެދުވެރިކޮށް ނެވިގޭޓް ކުރާއިރު ކަސްޓަމަރުންނަށް އިތުރު ޒަމާނީ ތަޖުރިބާއެއް ލިބިގެންދާނެ ކަމަށެވެ.

މި އަޕްޑޭޓްގައި ޗެޓް ލިސްޓުގެ ތެރޭގައި ރީޑިޒައިންކޮށްފައިވާ ޕްރޮފައިލް ޓެބެއް ވެސް ހިމަނާފައިވާއިރު، އެޕްގެ ސެޓިންތައް ހުޅުވާލުމުގައި ފަސޭހަވެގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް