ހަގީގަތުގައިވެސް އަޅުގަނޑުމެން އޯވަ ކޮންފިޑެންޓް ވީ: އިމްރާން

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުން ހަމަ ހަގީގަތުގައިވެސް ކުޑަތަންކޮޅެއް 'އޯވަ ކޮންފިޑެންޓް؛ ވީ ކަމަށް އެމްޑީޕީގެ ކޯލިޝަން ޕާޓީ، އަދާލަތުގެ ރައީސް ޝެއިޚް އިމްރާން ...

12 Sep 2023 | 17:26

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުން ހަމަ ހަގީގަތުގައިވެސް ކުޑަތަންކޮޅެއް 'އޯވަ ކޮންފިޑެންޓް؛ ވީ ކަމަށް އެމްޑީޕީގެ ކޯލިޝަން ޕާޓީ، އަދާލަތުގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އެމްޑީޕީގެ ކޯލިޝަން ޕާޓީތަކުގެ ކެމްޕޭން ހަރަކާތްތެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އިމްރާން ވިދާޅުވީ ކުޑަކޮށް ސީރިއަސްވެލަން ޖެހޭކަން އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކަށް މިހާރު އެނގިއްޖެ ކަމަށެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުތަކެއް ކުރައްވާ ކަމަށާއި، އެމަނިކުފާނަށް ވެރިކަން ލިބިއްޖެ ނަމަ މާލޭ ރައްޔިތުންނަށް ދިން ގޯއްޗާއި ފްލެޓް އަތުލާނެ ކަމަށެވެ.

ދެވަނަ ދައުރަކަށް ބާކީ އޮތީ17 ދުވަސްކަން ފާހަގަ ކުރައްވައި އިމްރާން ވިދާޅުވީ، ދެތިން ގަޑިއިރު ނިދައިގެން ކާމިޔާބު ކަމާއެކު އިންތިހާބު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް