ދެވަނަ ބުރަށް ރީ-ރަޖިސްޓަރ ކުރަން ތިން ދުވަސް!

ދެވަނަ ބުރަށް ރީ-ރަޖިސްޓަރ ކުރަން ދޭނީ ތިން ދުވަހުގެ މުއްދަތެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އީސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ނައ...

12 Sep 2023 | 16:02

ދެވަނަ ބުރަށް ރީ-ރަޖިސްޓަރ ކުރަން ދޭނީ ތިން ދުވަހުގެ މުއްދަތެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ރީ-ރަޖިސްޓަރ ކުރެވޭނީ އަންނަ ހުކުރު، ހޮނިހިރު އަދި އާދީއްތަ ދުވަހު ކަމަށެވެ.

އޮންލައިންކޮށް އަދި ފޯމު ހުށަހަޅައިގެން ވެސް ރީ-ރަޖިސްޓަރ ކުރެވޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހު 30 ވަނަ ދުވަހުއެވެ.

މިދިޔަ ހޮނިހިރު ދުވަހު ނިމުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ދާއިމީ ނަތީޖާ މިހާރު ވަނީ އިއުލާނު ކޮށްފައެވެ. އެ ނަތީޖާއިން ދައްކާ ގޮތުގައި ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑރ. މުހައްމަދު މުއިއްޒެވެ.

ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ ނިސްބަތް އުޅެނީ، ގާތްގަނޑަކަށް 79 ގައި ކަމަށް އީސީން ބުނެފައި ވެއެވެ.

މިހާރު ރާއްޖޭގެ ވޯޓުލެވޭ އާބާދީއަކީ 282،395 މީހުންނެވެ. އަލަށް ވޯޓުލާ އާބާދީގެ އަދަދަކީ 27،006 އެވެ. ފުރަތަމަ ބުރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

މި އިންތިހާބުގައި ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓުން އަދި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓުން ހިމެނޭހެން ޖުމްލަ އަށް ކެނޑިޑޭޓުން ވާދަކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް