ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ދައުވަތު ދޭން، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް (ސެމްބެ)އާއެކު އެ ޕާޓީގެ ޓީމެއް ގާސިމް އިބްރާހީމްގެ އަރިހަށް، ސަން އައިލެންޑް ރިސޯޓަށް ގޮސްފިއެވެ.
ގާސިމްގެ އަރިހަށް ވަޑައިގެންނެވި ޓީމުގައި ހިމެނެނީ ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް، ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު، ޕީޕީއެމް ޕީޖީ މެމްބަރު އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޠާރިގް (ޓޮމް)އެވެ.
https://twitter.com/ahmed_nihan/status/1701594891627938015
ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރު އަހުމަދު ނިހާނު ހުސެއިން މަނިކު ވިދާޅުވީ، ޕީޕީއެމް ކޯލިޝަނާއެކު ގާސިމް ބާއްވާ ބައްދަލުވުން އޮންނާނީ މިރޭގެ ވަގުތެއްގައި ކަަމަށެވެ.
އިންތިހާބުގެ ދެވަނަ ބުރަކަށް ގޮސްފައި ވާއިރު، ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑރ. މުހައްމަދު މުއިއްޒުއެވެ.
އެހެންކަމުން ފުރަތަމަ ބުރުން ނާކާމިޔާބު ވި ލީޑަރުން ދަނީ ދެވަނަ ބުރުގައި ތާއީދު ކުރާނެ ކޮޅެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް