އެއްބުރުން އިބޫ ނުހޮވިއްޖެ ނަމަ ޓިކްޓޮކް ހުއްޓާލަން ބުނި ޔޫއްޓެ އެނބުރި ޓިކްޓޮކަށް!

ރިޔާސީ އިންތިހާބުގައި އެއްބުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވޭނެ ކަމަށާއި، ނުހޮވިެއްޖެ ނަމަ ޓިކްޓޮކް ކުޅުން ހުއްޓާލާނެ ކަަމށް ބުނި މަޝްހޫރު ޓިކްޓޮކަރ ޔޫއްޓެ އެނބުރި ޓިކްޓޮކަށް އަހިސްފިއެވެ....

12 Sep 2023 | 14:01

ރިޔާސީ އިންތިހާބުގައި އެއްބުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވޭނެ ކަމަށާއި، ނުހޮވިެއްޖެ ނަމަ ޓިކްޓޮކް ކުޅުން ހުއްޓާލާނެ ކަަމށް ބުނި މަޝްހޫރު ޓިކްޓޮކަރ ޔޫއްޓެ އެނބުރި ޓިކްޓޮކަށް އަހިސްފިއެވެ.

މީގެ ކުރިން ޔޫއްޓެ އާއްމުކުރި ވީޑިއޯއެއްގައި ބުނީ، އިންތިހާބުގައި އެއްބުރުން ރައީސް ދެވަނަ ދައުރަކަށް ހޮވޭނެ ކަމަށެވެ.

އެ ވީޑިއޯއަށް ކޮމެންޓް ކުރި މީހަކު ވަނީ، އެއްބުރުން ނުހޮވިއްޖެ ނަމަ ހަދާނީ ކިހިނެތްތޯ ސުވާލު ކޮށްފައެވެ. ޖަވާބަކަށް ޔޫއްޓެ ބުނީ، ޓިކްޓޮކް ކުޅުން ހުއްޓާލާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް އެއްބުރުން ކާމިޔާބު ލިބިފައެއް ނުވެއެވެ. އެހެންކަމުން ދެވަނަ ބުރުގައި ވާދަ ކުރާނީ ރައީސް ސޯލިހާއި ޑރ. މުއިއްޒުއެވެ.

އެޔާއެކު ޔޫއްޓެ އާއްމުކުރި ވީޑިއޯއެއްގައި ބުނީ، ގިނަ ބައެއްގެ އެދުމުގެ މަތިން އެނބުރި ޓިކްޓޮކަށް އަންނަން ނިންމާފައިވާ ކަމަށެވެ. އަދި އެކަން ރަށު ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް އަންގާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް