އެމްއެންޕީ އާއި އެއްބަސްވީ ކެބިނެޓާ ކުންފުނިތައް ފޮތިފޮތިކޮށް ބައިބައި ކުރާ ގޮތަކަށް ނޫން: އަދުރޭ

ދެވަނަ ބުރަކަށް އެމްއެންޕީ އަދި ޕީޕީއެމް/ޕީއެންސީ ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވާއިރު އެއްބަސްވުމުގައި ކެބިނެޓާއި ކުންފުނިތައް ފޮތިފޮތިކޮށް ބައިބައިކުރާ ވާހަކަ ނޯންނާނެ ކަމުގައި ޕީޕީއެމް/ޕީއ...

12 Sep 2023 | 12:56

ދެވަނަ ބުރަކަށް އެމްއެންޕީ އަދި ޕީޕީއެމް/ޕީއެންސީ ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވާއިރު އެއްބަސްވުމުގައި ކެބިނެޓާއި ކުންފުނިތައް ފޮތިފޮތިކޮށް ބައިބައިކުރާ ވާހަކަ ނޯންނާނެ ކަމުގައި ޕީޕީއެމް/ޕީއެންސީ ކޯލީޝަން ހިންގުމާއި ހަވާލުވެހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ އެމްއެންޕީ އާއި ޕީޕީއެމް/ޕީއެންސީ ގުޅިގެން މަސައްކަތް ކުރުމަށް ނިންމާ އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަދުރޭ ވިދާޅުވީ އެމްއެންޕީއާއިއެކު ކޯލީޝަން ހެދީ ގައުމީ ގައުމީ މަސައްކަތެއްގެ ގޮތުގައި ކަމަށާއި ކެބިނެޓާއި ކުންފުނިތައް ފޮތިފޮތިކޮށް ބަހާ ވާހަކަ އަދި ލިޔެފައި ނުވާނެ ކަމަށެވެ.

މިކަމަށް ނާޒިމްވެސް އެއްބަސްވެވަޑައިގެންނެވިއެވެ. އެގޮތުން ނާޒިމް ވިދާޅުވީ އެއްބަސްވީ އެކުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކުރުމަށް ކަމަށާއި އެފަދަ ކަންކަން ނިންމަވާނީ ރައީސަކަށް ހުންނަ ފަރާތަކުން ކަމަށެވެ. އަދި ފޮތިފޮތިކޮށް ބައިބައި ކުރުމަކީ މިވަގުތު ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ގަބޫލުފުޅު ނުކުރައްވާކަމުގައިވެސް ނާޒިމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް