ސޯލަރ ޕީވީގެ މަސައްކަތްކުރުމަށް ހުޅުމާލެ ލިންކް ރޯޑުގެ ބައެއް ސަރަހައްދު ބަންދުކުރަނީ

ހުޅުމާލެ ލިންކް ރޯޑްގައި ޤާއިމުކުރާ ސޯލަރ ޕީވީ ނިޒާމުގެ މަސައްކަތްކުރުމަށް ލިންކް ރޯޑުގެ އެއް ލޭނުގެ ބައެއް ސަރަހައްދުތައް ބަންދުކުރުމަށް މިނިސްޓްރީ އޮފް އެންވިރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް އިން ހ...

12 Sep 2023 | 12:48

ހުޅުމާލެ ލިންކް ރޯޑްގައި ޤާއިމުކުރާ ސޯލަރ ޕީވީ ނިޒާމުގެ މަސައްކަތްކުރުމަށް ލިންކް ރޯޑުގެ އެއް ލޭނުގެ ބައެއް ސަރަހައްދުތައް ބަންދުކުރުމަށް މިނިސްޓްރީ އޮފް އެންވިރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް އިން ހަމައްޖައްސައިފިއެވެ.

އެންވިރަމެންޓް މިނިސްޓްރީ އިން ނެރުނު އިއުލާނުގައި ބުނެފައި ވަނީ، ލިންކް ރޯޑުގެ ބައެއް ސަރަހައްދުތައް ބަންދު ވީކަމުގައިވިޔަސް ޢާއްމު ދަތުރުފަތުރުތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.

https://twitter.com/PoliceMv/status/1701524549328921030

މާދަމާއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހަށް ކޮންމެދުވަހަކު ހެނދުނު 10 އިން 11:30 އަށް ލިންކް ރޯޑްގެ ބައެއް ސަރަހައްދުތަކުގެ އެއް ލޭނު ބަންދުކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް ފުލުހުންވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް