ކެމްޕޭނަށް މުއިއްޒު އަރިއަތޮޅަށް ވަޑައިގަންނަވަނީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ޕީޕިއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަރި އަތޮޅަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ. "ދުވަސް" އަށް މައުލޫމާތު ލިބިފައިވާ ...

12 Sep 2023 | 12:46

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ޕީޕިއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަރި އަތޮޅަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

"ދުވަސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅުގައި އއ އަދި އދ ގެ ބައެއް ރަށްރަށަށް މުއިއްޒު ދަތުރު ކުރައްވާނެއެވެ. މި ދަތުރު ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.

މިއީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު މާލެ ސަރަހައްދުން ބޭރަށް މުއިއްޒު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި އއ އަތޮޅުން ކުރި ހޯއްދެވީ އެމްޑީޕީ ކޯލިޝަންގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި އދ އަތޮޅުން ކުރި ހޯއްދެވީ ޑރ. މުއިއްޒުއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި 46.06 އިންސައްތައާއެކު އެއްވަނަ ހޯއްދެވީ ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި 39.05 އިންސައްތައާއެކު ދެވަނަ ހޯއްދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ލިބިފައި ނުވާތީ، އިންތިހާބު ކާމިޔާބު ކުރި ފަރާތެއް ކަނޑައަޅާނީ ދެވަނަ ބުރެއްގެ ވޯޓުންނެވެ. ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ރައީސް ސޯލިހާއި ޑރ. މުއިއްޒުއެވެ.

ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ30 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް