ޖާނާ މާލުން ގުރުބާންވެ މުއިއްޒު ހޮވަން ތައްޔާރު: ނާޒިމް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖާނާ މާލުން ގުރުބާންވެ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހޮވުމަށް ތައްޔާރަށް ހުންނެވި ކަމުގައި އެމްއެންޕީގެ ރައީސް، މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނ...

12 Sep 2023 | 12:37

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖާނާ މާލުން ގުރުބާންވެ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހޮވުމަށް ތައްޔާރަށް ހުންނެވި ކަމުގައި އެމްއެންޕީގެ ރައީސް، މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީ އާއެކު ގުޅިގެން މަސައްކަތް ކުރުމަށް އެމްއެންޕީއިން ނިންމާ އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ ޕީޕީއެމް އަކީ އެ ޕާޓީއެއްގައި ސިޔާސީ ހަރަކާތް ފެށި އަދިވެސް ހިތާއި ވަރަށް ގާތް ޕާޓީއެއް ކަމަށާއި ކެނޑިޑޭޓް މުއިއްޒަކީ އެކުގައި ސިޔާސީ ނޫނަސް އެކި ގޮތްގޮތުން މަސައްކަތް ކުރެވި، ގާތް ބޭފުޅެއް ކަމަށެވެ.

އަދި ޕީޕީއެމް/ޕީއެންސީގެ މެނިފެސްޓޯއަކީ ރާއްޖޭގެ ރައްޔިތުން ބޭނުންފައިވާ މުހުތާދުތައް ފުއްދައިދެވޭނެ މެނިފެސްޓޯއެއް ކަމުގައިވެސް ނާޒިމް ފާހަގަކުރެއްވިއެވެ.

ނާޒިމް އެދިލެއްވީ އެމްއެންޕީއަކީ ޕީޕީއެމް/ޕީއެންސީ އާއެކު ގުޅިގެން މަސައްކަތް ކުރާނެ ޕާޓީއެއްގެ ގޮތުގައި ސަޕޯޓަރުން ބަލައިގަނެ ގުޅިގެން ކުރިއަށްދިއުމަށެވެ. އަދި ގާތުން އެކުގައި މަސައްކަތްކުރެވިގެންދާނެކަމުގައިވެސް ނާޒިމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް