ނިމިދިޔަ ހުކުރު ދުވަހު، "ގްރެޖުއޭޝަން ސެރެމިނީ - ސެޓްފިކެޓް 3 އިން ބަސް އޮޕަރޭޝަންސް" ބާއްވާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހްލޫފް، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އަޒީމް އެވެ.
މި ޕްރޮގްރާމްގެ ދަށުން ސެޓްފިކެޓް ދީފައިވަނީ ބަސް އޮޕަރޭޝަންސް ކޯހުގެ ސެޓްފިކެޓް III ހާސިލްކޮށްފައިވާ މުވައްޒަފުންނަށެވެ. އަދި އޭގެ ތެރޭގައި 87 މުވައްޒަފުން ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.
އެމްޓީސީސީ އިން ބުނެފައިވާ ގޮތުގައި ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް މޯލްޑިވްސް ސަރުކާރާއި (މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް) އެމްޓީސީސީ އިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.
މީގެ އިތުރަށް، އެމްޓީސީސީން މަސައްކަތް ކުރަނީ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް މެދުވެރިކޮށް އެ ކުންފުނީގެ މުވައްޒަފުންނަށް ބަސް އޮޕަރޭޝަންސްގައި އެމް.ކިޔު.އޭ ސެޓްފިކެޓް ލިބިފައިވާ ކޮލިފިކޭޝަންތައް ހާސިލްކުރެވޭނެ ގޮތް ހެދުމަށް ކަމަށް އެމްޓީސީސީ އިން ހާމަކުރެއެވެ.
މި މުނާސަބަތުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން (އެމް.އޯ.އެޗް.އީ)، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އަދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) އިން ބައިވެރިވެފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް