އިބޫ ހޮވިއްޖެއްޔާ މީހަކާ އިންނާނަން: ލޫކަސް

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވެރިކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހޮވިއްޖެނަމަ މީހަކާ އިންނާނެ ކަމަށް ޝަމްއޫން ޖަލީލް (ލޫކަސް) ބުނެފިއެވެ. ދަ ޑިމޮކްރެޓްސްގެ ވަރުގަދަ އެކް...

12 Sep 2023 | 09:13

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވެރިކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހޮވިއްޖެނަމަ މީހަކާ އިންނާނެ ކަމަށް ޝަމްއޫން ޖަލީލް (ލޫކަސް) ބުނެފިއެވެ.

ދަ ޑިމޮކްރެޓްސްގެ ވަރުގަދަ އެކްޓިވިސްޓެއް ގޮތުގައި މިހާރު ފާހަގަ ކުރެވޭ ލޫކަސްއަކީ މި ސަރުކާރާ ވަރަށް ދެކޮޅު މީހެކެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްއަށް ނާާމިޔާބު ވުމާއެކު ދެވަނަ ބުރުގައި އެ ޕާޓީން އަރާނެ ކޮޅެއް އަދި ނުނިންމައެވެ.

ނަމަވެސް ބެލެވޭ ގޮތުގައި ލޫކަސްމެން ފަދަ މީހުން އެމްޑީޕީއަށް ތާއީދެއް ނުކުރާނެއެވެ.

އިންތިހާބާ ދިމާކޮށް މީސް މީޑިޔާގައި އެކި ފަރާތްތަކުން އެކި އެއްޗެހި ލިޔަމުން ދާ ދަނޑިވަޅެއްގައި، 'އިބޫ ހޮވިއްޖެ ނަމަ މީހަކާ ނިންނާނަން' ކަމަށް ބުނެ ދައުރުވާ ޕޯސްޓަށް ލޫކަސްވެސް ވަނީ އެއްބަސްވެފައެވެ. އަދި އިބޫ ހޮވިއްޖެ ނަމަ މީހަކާ އިންނާނެ މީހުންގެ ލިސްޓަށް އޭނާގެ ނަންވެސް ވަނީ އަރުވާފައެވެ.

މީގެ ކުރިން ލޫކަސް މިފަދަ އެއްޗެއް ބުނެފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ މެދުތެރެއިން ލޫކަސް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، ޔާމީނުގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ބްރިޖް އަޅައިފިނަމަ އެކޮޅުކޮޅުން އޮވެ ބްރިޖް މަތިން ސެލްފީ ނަގާނެ ކަމަށެވެ.

ނަމަވެސް ފަހުން ލޫކަސް ބުނެފައި ވަނީ އެއަށްވުރެ މުހިންމު ގައުމީ މައްސަލަތައް އެބަހުރި ކަމަށެވެ. އެހެންކަމުން ސެލްފީ ނަމަން ބުނެ ވީ ވައުދަށްވުރެ ސަމާލުކަން ދޭން ޖެހޭ ކަންކަން ގިނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް