ފުވައްމުލައް ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެ

ފުވައްމުލައް ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ. ފުލުހުން ބުނެފައިވާގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ފުވައްމުލައްސިޓީ ނައިބުތުއްތު މަގުން ބާރު ސ...

12 Sep 2023 | 06:08

ފުވައްމުލައް ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ފުވައްމުލައްސިޓީ ނައިބުތުއްތު މަގުން ބާރު ސްޕީޑްގައި ސައިކަލުގައި ދަނިކޮށް ބަމްޕަރަކަށް އަރައި ވެއްޓިގެން ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ލިބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 10:55ގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ހާދިސާގައި އޭނާއަށް ލިބުނު ފަރުވާއަށް ފުވައްމުލައް ސިޓީ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އާދީއްތަ ދުވަހު މާލެ ގެނެސް އޭޑީކޭގައި ފަރުވާދޭން ފެށި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ނިޔާވެފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ އޭޑީކޭގައި ފަރުވާދެމުން ގެންދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް