ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު، ރައީސް މުހައްމަދު ނަޝީދު ކުރެން މާފަށް އެދިވަޑައިގެންފިއެވެ.
ޖާބިރު ނަޝީދު ކުރެން މާފަށް އެދިވަޑައިގެންނެވީ މަޖިލީހުގެ ތަޅުމުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ޖާބިރު ވިދާޅުވި ރައްޔިތުން މަޖިލީހުގައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ނުވެސް އެނގި ސޮއިކޮށް އަލުން ސޮއި ނަގާ އިތުބާރު އޮތްކަމަށް ނިންމާފައިވާއިރު މިހާރު ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ. އަދި އެވަރުގެ އިތުބާރެއް އޮތް މަޖިލިސް ރައީސަކު މިހާރު ދެން ނުވެސް ނެތްކަމުގައިވެސް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވަނީ އެމްޑީޕީއާއި ޑިމޮކްރެޓްސް އަލުން ގުޅުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. އެގޮތުން ޖާބިރު ވިދާޅުވީ އަނިޔާވެރި ކަމެއްގެ ތެރެއަށް ދާން އެކަކުވެސް އަދި ހުދު ރައީސް ނަޝީދުވެސް ބޭނުން ނުވާނެ ކަމަށާއި ދެ ޕާޓީ އެކުގައި "ގްލޫ" ކޮށްލައިފިނަމަ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް