އެމްޑީޕީ ރޫޅާލެވިއްޖެކަމަށާއި އެކަމުގައި ސުވާލެއްވެސް ނެތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ކުރިއަށްދަނީ ކޮމިޓީތައް އެކުލަވާލާނެ ގޮތުގެ ބަހުސެވެ.
އެ ބަހުސްގައި، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް އަދި ރަނިންމޭޓް ހުސެއިން އަމްރޫ ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވަމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އީވާ، ރައީސް ނަޝީދަށް އިޝާރާތް ކުރައްވާ ވިދާޅުވީ، ވިދާޅުވިހެން ރޫޅާލެވިއްޖެ ކަމަށާއި އެކަމުގައި ސުވާލެއް ނެތް ކަމަށެވެ.
"ހުށަހަޅަމުންދިޔަ އިނާމުތަކާ، ކުރަމުންދިޔަހާ ފުރައްސާރައާ މަލާމަތާ ބކީއާ، ސަރުކާރު ތެރޭން ކުރަމުންދިޔަ ފުރައްސާރައާ، މަނިކުފާނަށް ތާއީދުކުރި މީހުންނަށް ކުރި މަލމާތާ، ދެއްކިހާ ބިރާ، ހުށަހަޅުންދިޔަ އަނިޔާއާ ބްރައިބަރީއާ، ހުރިހާ ކަމަކާ ދެކޮޅަށް ނިކުތް ޑިމޮކްރެޓުންނަށް މަރުހަބާ ދަންނަވަން ބޭނުން" އީވާ ވިދާޅުވިއެވެ.
އެންމެ ގިނަ ވޯޓު ޑިމޮކްރެޓްސްއަށް ލިބިގެންދިޔައީ އީވާ ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާއިން، މާލެއިންކަންވެސް އީވާ ފާހަގަކުރެއްވިއެވެ. އަދި ދާއިރާގެ މެންބަރުންނަށް ޝުކުރާއި މަރުހަބާ ދެންނެވިއެވެ.
އީވާ އިތުރަށް ވިދާޅުވީ ދެވަނަ ބުރުގައި ޑިމޮކްރެޓުން އަޅާ ފިޔަވަޅު މުހިންމުކަމާމެދު އެއްވެސް މީހަކު ޝައްކެއް ނުކުރާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް