އަންހެން މެންބަރުންނަށް ހާއްސަ ގޮނޑިތަކާއި، އާބާދީ ނިސްބަތުން ގޮނޑި އިތުރުވުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އަންހެން މެންބަރުންނަށް ހާއްސަ ގޮނޑިތަކާއި، އާބާދީ އިތުރުވާ ނިސްބަތުން ގޮނޑީގެ އަދަދު އިތުރުވާގޮތަށް މިހާރު އޮންނަ އޮތުން ހުއްޓުވުމަށް ގާނޫނު އަސާސީއަށް މ...

12 Sep 2023 | 04:56

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އަންހެން މެންބަރުންނަށް ހާއްސަ ގޮނޑިތަކާއި، އާބާދީ އިތުރުވާ ނިސްބަތުން ގޮނޑީގެ އަދަދު އިތުރުވާގޮތަށް މިހާރު އޮންނަ އޮތުން ހުއްޓުވުމަށް ގާނޫނު އަސާސީއަށް މާދަމާ އިސްލާހެއް ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން، ރައީސް ނަޝީދު އިއުލާނުކުރެއްވިގޮތުގައި މި އިސްލާހު ހުށަހަޅުއްވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އަދި މި އިސްލާހު މާދަމާ އެޖެންޑާ ކުރައްވާނެކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

" މަޖިލީހުގެ މެންބަރުން އަދަދު ކަނޑައެޅުމުގައި އާބާދީ އިތުރުވަމުންދާ ނިސްބަތްތަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތުމުން ދައުލަތުގެ ބަޖެޓުން މަޖިލީހަށް ކުރަންޖެހޭ ހަރަދު އިތުރުވަމުންދާ ދިއުން ހުއްޓުވުމަށާއި، ރައްޔިތުންގެ މަޖިލީހުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އަންހެނުން ތަމްސީލުކުރެވޭނެ، މިންވަރު އިތުރުކުރުމަށް އަންހެން މެންބަރުންނަށް ހާއްސަކުރެވިފައިވާ ގޮނޑިތަކެއް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށް މިހާރު ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އުސޫލަށް ބަދަލު ގެނައުމަށް" މިކަން އިއުލާނުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

އާބާދީގެ ނިސްބަތުން މެންބަރުންގެ އަދަދު އިތުރުވާ އިތުރުވުމުގައި ކުރިއަށް އޮތް ދައުރަށްވެސް މެންބަރުން އިތުރުވާނެ އަދަދުތައް މިހާރުވެސް އިލެކްޝަންސް އިން ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން މިހާރު 87 މެންބަރުން ތިއްބަވާއިރު އާބާދީ ނިސްބަތުން އަންނަ ބަދަލާއިއެކު އެ އަދަދު 93 އަށް އަރާނެ ކަމަށާއި އެ އިތުރުވާ ދާއިރާތަކަކީވެސް ކޮބައިކަން އީސީން އިއުލާނުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް