މުއިއްޒު ހަރުކަށިކަމަށް ދެކެވޭ ވާހަކައަށް ސާޖިދާގެ ރައްދު: ބޭނުން ގޮތަކަށް މަސައްކަތް ކުރަން ފިރިމީހާ ހުއްދަ ދޭ

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަކީ ހަރުކަށި ބޭފުޅެއް ކަމަށް ދެކެވޭ ވާހަކަޔަށް، އަނބިކަނބަލުން ސާޖިސާ މުހައްމަދު ރައްދު ދެއްވައިފިއެވެ. ސޯޝަލް މީޑިޔާގައި އާއްމުވެފައިވާ ވީޑިއޯއަކު...

11 Sep 2023 | 19:54

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަކީ ހަރުކަށި ބޭފުޅެއް ކަމަށް ދެކެވޭ ވާހަކަޔަށް، އަނބިކަނބަލުން ސާޖިސާ މުހައްމަދު ރައްދު ދެއްވައިފިއެވެ.

ސޯޝަލް މީޑިޔާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ޑރ. މުއިއްޒުއަކީ 'އެކްސްޓްރީމް' ބޭފުޅެއްކަމަށް ދެކެވޭ ވާހަކައާ މެދު ސާޖިދާ ދެކިލައްވާގޮތަކީ ކޮބައިތޯ މީހަކު ސުވާލު ކުރެއެވެ.

އެކަން ދޮގުކޮށް ސާޖިދާ ވިދާޅުބީ، މިހާރުވެސް ބޭނުން ގޮތަކަށް މަސައްކަތް ކުރަން ފިރިމީހާ ހުއްދަ ދޭ ކަމަށެވެ.

މުއިއްޒު ވެރިކަމަށް އަހިސްފިނަމަ އަންހެނުންގެ ހައްގުތައް ވަރަށް ބޮޑަށް ގެއްލޭނެ ކަމަށް ދެކެވޭ ވާހަޔަަށް ރައްދު ދެއްވައި ސާޖިދާ ވިދާޅުވީ، އަންހެނުންގެ ހައްގުތައް ކަށަވަރު ކޮށްދޭ އެންމެ މާތް ދީނަކީ އިސްލާމް ދީން ކަމަށެވެ.

ހެލްތް މިނިސްޓްރީގައި މަސައްކަތް ކުރައްވާތާ23 އަހަރު ވެފައިވާކަން ފާހަގަ ކުރައްވައި ސާޖިދާ ވިދާޅުވީ މިހާތަނަށް ކުރެއްވި ކޮންމެ ކަމެއްގެ އެއްބައިގައި ހިފައިގެން މުއިއްޒު ހުންނަވާ ކަމަށެވެ.

"އަޅުގަނޑު ބޭނުން ގޮތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު އަޅުގަނޑުގެ ފިރިމީހާ ދެއްވާ. އޭގެ އިތުރުން އަޅުގަނޑު މާސްޓާސް ހެދީ އަޅުގަނޑުގެ ފިރިމީހާގެ ހިތްވަރާއެކީގަ" ސާޖިދާ ވިދާޅުވިއެވެ.

އޭގެ އިތުރުން ސާޖިދާ ވިދާޅުވީ މާސްޓާސް ހެދުމަށް ޔޫކޭގައި ހުންނެވީވެސް މުއިއްޒު ހަރަދު ކުރައްވައިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް