ޖޭޕީން ބުދަ ދުވަހު ގޮތެއް ނިންމަނީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށްދާނެގޮތެއް ބުދަ ދުވަހު ނިންމާނެ ކަމުގައި ޖުމްހޫރީ ޕާޓީން ބުނެފިއެވެ. އެގޮތުން އެ ޕާޓީން ބުނެފައިވަނީ ދެވަނަ ބުރުގައި ތާއީދުކުރާނީ ކޮން ބަޔަކަށްތޯ ނިންމާނީ އ...

11 Sep 2023 | 19:42

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށްދާނެގޮތެއް ބުދަ ދުވަހު ނިންމާނެ ކަމުގައި ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

އެގޮތުން އެ ޕާޓީން ބުނެފައިވަނީ ދެވަނަ ބުރުގައި ތާއީދުކުރާނީ ކޮން ބަޔަކަށްތޯ ނިންމާނީ އެ ޕާޓީގެ ކައުންސިލު ބައްދަލުވުމެއްގައި ކަމަށާއި އެ ބައްދަލުވުން އޮންނާނީ ބުދަ ދުވަހު ހަވީރު ކަމަށެވެ.

ދެވަނަ ބުރަށް ގޮތެއް ނިންމަން ޖޭޕީން މަސައްކަތް ފަށާއިރު ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި ޖޭޕީއާއެކު ކޯލީޝަން ނުހެދުމަށް ރައީސް ޔާމީން ޑރ. މުއިއްޒަށް އިރުޝާދު ދެއްވާފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 5460 ވޯޓު ލިބުނުއިރު ޖޭޕީއަށާއި އެހެން ފަރާތްތަކަށްވެސް އެމްޑީޕީންވެސް ވަނީ ދައުވަތު އަރުވާފައެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އިތުރު ޕާޓީއަކުން އަދި އަމިއްލަގޮތުން ކުރިމަތިލެއްވި ފަރާތަކުން ދެވަނަ ބުރާއިމެދު ސީދާ ނިންމުމެއް ނިންމާފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ނިންމާފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 30 ވާ ހޮނިހިރު ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް