ރަހުމެއް ހަމްދަރުދީއެއް ނެތް މީހަކު ވެރިކަމަށް ގެންނަން ހެޔޮނުވާނެ: އިޔާޒް

ރަހުމެއް ހަމްދަރުދީއެއް ނެތް މީހަކު ވެރިކަމަށް ގެންނަން ހެޔޮނުވާނެ ކަމަށް ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. އިޔާޒް މިހެން ވިދާޅުވީ، މެމްބަރު ރޮޒެއިނާ އާދަމް އާއްމު ކުރައްވާފައިވާ،...

11 Sep 2023 | 19:37

ރަހުމެއް ހަމްދަރުދީއެއް ނެތް މީހަކު ވެރިކަމަށް ގެންނަން ހެޔޮނުވާނެ ކަމަށް ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

އިޔާޒް މިހެން ވިދާޅުވީ، މެމްބަރު ރޮޒެއިނާ އާދަމް އާއްމު ކުރައްވާފައިވާ، މުއިއްޒުގެ ވާހަކަ ދައްކަވާ ވީޑިއޯކޮޅެއް ޕޯސްޓު ކުރުމަށްފަހު އަރަބި ބަހުން ލިޔުނު ކެޕްޝަންއެއްގައެވެ.

އެ ވީޑިއޯ ކޮޅާއެކު ރޮޒެއިނާ ވިދާޅުުވެފައި ވަނީ، ޕީޕިއެމްގެ ވެރިކަމުގައި ނޫސްވެރިންނަށް ހަދާލި ގޮތް ހަނދާންނައްތާ ނުލެވޭނެ ކަމަށެވެ. އަދިވެސް ވަގުތު އޮތްކަން ހަނދާންކޮށްދެމުން ރޮޒެއިނާ ބުނީ ރައްޔިތުން މިކަމަށް ވިސްނަން ޖެހޭ ކަމަށެވެ.

"އަދި ވެރިކަން ނުލިބޭ. މިހާ އަވަހަށް މިހިރީ ނޫސްވެރިންނާ މުހާތަބު ކުރަން ފެށިގޮތް." ރޮޒެއިނާ ލިޔެފައި ވެއެވެ.

https://twitter.com/dr_iyaz/status/1701274006194889006

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ގޮސްފައި ވާއިރު، ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ30 ވަނަ ދުވަހުއެވެ. ވާދަ ކުރައްވާނީ އެމްޑީޕީ ކޯލިޝަންގެ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް