މޯދީގެ ސިޓީފުޅެއް ސައުދީ ވަލީ އަހުދަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސިޓީފުޅެއް ސައޫދީ އަރަބިއްޔާގެ ވަލީ އަހްދު މުހައްމަދު ބިން ސަލްމާނަށް އަރުވައިފިއެވެ. މޯދީގެ މި ސިޓީފުޅު ވަލީ އަހުދަށް އަރުވާފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެ...

12 Sep 2022 | 15:44

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސިޓީފުޅެއް ސައޫދީ އަރަބިއްޔާގެ ވަލީ އަހްދު މުހައްމަދު ބިން ސަލްމާނަށް އަރުވައިފިއެވެ.

މޯދީގެ މި ސިޓީފުޅު ވަލީ އަހުދަށް އަރުވާފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި ސައޫދީ ވަލީ އަހުދާއި ދެމެދު ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރުމާއިމެދު މަޝްވަރާ ކުރެވުނުކަމަށް ސައޫދީ އަރަބިއްޔާއިން ބުނެފައިވެއެވެ.

ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާއިމެދުގައިވެސް މަޝްވަރާ ކުރެވުނުކަމުގައިވެސް ސައޫދީން ބުނެފައިވެއެވެ. ނަމަވެސް އެ ސިޓީފުޅާއި ގުޅޭގޮތުން ދެ ގައުމުން ކުރެ ގައުމަކުން އަދި ވާހަކަ ދައްކާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް