ހިންނަވަރު ބަނދަރުގެ ބޭރު ތޮށިލުމުގެ 86 އިންސައްތަ ނިމިއްޖެ

ޅ. ހިންނަވަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބޭރު ތޮށިލުމުގެ މަސައްކަތުގެ 86 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން، 3.2 ހ...

12 Sep 2022 | 11:46

ޅ. ހިންނަވަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބޭރު ތޮށިލުމުގެ މަސައްކަތުގެ 86 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65,170.76 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި 421 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 123.9 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަަށް ވެސް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން 170.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫޢަކީ 99.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް