ދިރާގުޓީވީން ގެނެސްދޭ ޓޯކް ޝޯ ސީރީޒް "އަޒޯނާ" ގެ އައު ސީޒަނެއް ދިރާގުޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ގައި އަބްދުالله މުއާޒް ޕްރޮޑަކްޝަންސް އިން ޕްރިމިއަރ ކުރަން ނިންމައިފިއެވެ.
މި އައު ސީޒަން ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 15 ސެޕްޓެމްބަރ 2022 ގައެވެ.
އަޒޯނާ ޝޯގެ ޕްރޮޑިއުސަރ އަބްދުالله މުއާޒް (މުއާ) ވިދާޅުވިގޮތުގައި މިފަހަރުގެ ސީޒަން ކުރީގެ ސީޒަންތަކާއި ތަފާތުވާނެއެވެ. އަދި ކުރިއަށް ވުރެ ރަނގަޅު ކޮންޓެންޓް ބެލުންތެރިންނަށް ގެނެސްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވެސް މުއާ ފާހަގަކުރެއްވިއެވެ.
ދިރާގުގެ ދިރާގުޓީވީ ޕްރޮޑަކްޓް މެނޭޖަރ ޙައްސާން ހުސްނީ ވިދާޅުވީ ކާމިޔާބު ތިންވަނަ ސީޒަނަކަށް ފަހު އަޒޯނާ ޝޯގެ އައު ސީޒަން ދިރާގުޓީވީ އަދި ދިރާގުޕްލޭ ވީއޯޑީ މެދުވެރިކޮށް ކަސްޓަމަރުންނަށް ގެނެސްދެވުމަކީ ވަރަށް އުފާވާކަމެއް ކަމަށެވެ.
" އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް ކަސްޓަމަރުން ބަލައިގަންނަ އިތުރު ޕްރޮގްރާމްތައް ދިރާގުޓީވީ މެދުވެރިކޮށް ގެނެސްދިނުން" ޙައްސާން ހުސްނީ ވިދާޅުވިއެވެ.
ދިރާގުޓީވީ އަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނެއް މެދުވެރިކޮށް ޕްރިމިއަމް އިންޓަރނޭޝަނަލް އަދި ލޯކަލް ކޮންޓެންޓް ހިމެނޭ ވީއޯޑީ ފީޗާރ ފޯރުކޮށްދޭ ރާއްޖޭގެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ.
ވީއޯޑީ އަކީ ކަސްޓަމަރުން މީޑިއާ ބޭނުންކުރާ ގޮތާއި ބަލާ ގޮތް މުޅިން ބަދަލުކޮށްލާފައިވާ އީޖާދީ ފީޗާރއެކެވެ. މި ފީޗަރ މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ ވަގުތަކު ވެސް ފަސޭހަކަމާއެކު ދިރާގުޓީވީ ކަސްޓަމަރުންނަށް މުނިފޫހިފިލުވުމުގެ ގިނަ އޮޕްޝަންތަކެއް ލިބޭނެއެވެ.
ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ. އެގޮތުން ދިރާގު ޓީވީ ތަޢާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ނުހަނު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައިއެވެ.
ރާއްޖޭގެ އާބާދީގެ %85 އަށް ޓީވީ ޚިދުމަތް ފޯރުކޮށްދީފައިވާއިރު، ދިރާގުޓީވީ އަކީ ވީޑިއޯ އޮން ޑިމާންޑްގެ ފީޗަރ ހިމެނޭ ހަމައެކަނި ޚިދުމަތް ވެސް މެއެވެ. ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް އަކީ މަޢުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުން ތަނެއްގައި ބަލާލެވުމުގެ ފުރުޞަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ.
ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެގޮތަކަށް ފަރުމާކުރެވިފައިވާ މި ޕްލެޓްފޯމު މެދުވެރިކޮށް ދިރާގުން ދަނީ ދިވެހި އުފެއްދުންތަށް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމުގައި ޚާއްސަ ފުރުޞަތުތަށް މަގު ފަހިކޮށްދެމުންދާނެއެވެ.
އެގޮތުން ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ އަދި ދިވެހި ކޮންޓެންޓް ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް