ޑަބްލިއުޑީސީގައި ފުލް ޓައިމް މީހުން ތިބެންޖެހޭ: ރައީސް ސާލިހު

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތައް (ޑަބްލިޔުޑީސީ) ގައި ފުލްޓައިމްކޮށް މަސައްކަތްކުރާ ބަޔަކު ތިބެން ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާޅިހު ވިދާޅުވެއްޖެއެވެ. ތި...

12 Sep 2022 | 11:08

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތައް (ޑަބްލިޔުޑީސީ) ގައި ފުލްޓައިމްކޮށް މަސައްކަތްކުރާ ބަޔަކު ތިބެން ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާޅިހު ވިދާޅުވެއްޖެއެވެ.

ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ޑަބްލިއުޑިސީއަށް ބަޖެޓު ވެސް ރަނގަޅު ކޮށްދޭންޖެހޭ ކަމަށެވެ. އަދި ޑަބްލިޔުޑީސީތަކަށް މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަމާއި މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ނެތުން ކަމަށެވެ.

މީގެ އިތުރުން އެ ކޮމިޓީތަކުގައި ޕާޓްޓައިމްކޮށް، މަސައްކަތްކުރާ ގޮތަށް އޮތުމަކީވެސް މެންބަރުންގެ ކަންބޮޑުވުމެއް ކަމަށާއި އެކަމުގެ ސަބަބުން މާލީ ބައެއް އުނދަގޫތަކުގެ އިތުރުން ބައެއް އެލަވަންސްތަކާއި އިނާޔަތްތައް ނުލިބޭ ކަމުގެ ކަންބޮޑުވުން މެންބަރުންގެ އެބަ އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑަބްލިޔުޑީސީތައް ކައުންސިލްތަކާއި އެއްނުކޮށް މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިގަންނަވާ ކަމަށާއި އެންމެ ޚާއްސަ އިސްކަމެއް ދޭންވީ އެ ކޮމިޓީތައް މަސައްކަތްކުރެވޭނެ ރަނގަޅު މާހައުލަކާއި މާލީ ފުދުންތެރިކަން ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް