ޖިންސީ ބާރުގަދަކޮށްދޭ މާމުޔާއިމެދު އެލާޓެއް: އެއީ ފުރޯޑުކޮށްގެން އުފައްދާފައިވާ އުފެއްދުންތަކެއް

ސެކްޝްއަލް އެންހޭންސްމަންޓް އަދި އިރެކްޓަލް ޑިސްފަންކްޝަނަށް ބޭނުންކުރާ ޑަކުޓަރީ ބޭހެއްކަމަށްވާ Tadalafil އަދި Sildenafil ހިމެނޭ މާމުއި ރާއްޖެ އެތެރެކޮށް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަ...

12 Sep 2022 | 10:45

ސެކްޝްއަލް އެންހޭންސްމަންޓް އަދި އިރެކްޓަލް ޑިސްފަންކްޝަނަށް ބޭނުންކުރާ ޑަކުޓަރީ ބޭހެއްކަމަށްވާ Tadalafil އަދި Sildenafil ހިމެނޭ މާމުއި ރާއްޖެ އެތެރެކޮށް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ފާހަގަކުރެވިގެން އެކަމާއިގުޅޭ އެލާޓެއް އެ އޮތޯރިޓީން ނެރެފިއެވެ.

އެގޮތުން އެ އެލާޓުގައި ބުނެފައިވަނީ އެލާޓާއެކު ހީރަސްކޮށްފައިވާ ލިސްޓްގައި ހިމެނޭ އުފެއްދުންތަކަކީ ފުރޯޑުކޮށްގެން އުފައްދާފައިވާ އުފެއްދުންތަކެއްކަމުގައި ޔުނައިޓެޑް ސްޓޭޓްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (ޔޫއެސްއެފްޑީއޭ) އިން ވަނީ އެލާޓްކޮށްފައި ކަމަށެވެ.

"ވީމާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުންތައް ބޭނުންކުރުމާއި ވިއްކުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ" އެފްޑީއޭއިން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ މިކަމާބެހޭ އިތުރު މައުލޫމާތު ބޭނުންފުޅވާނަމަ މި އޮތޯރިޓީގެ ހޮޓްލައިން ނަމްބަރު 7200321 ފޯނަށް ގުޅުއްވުން އެދޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް