ގޭންގަކުން ހަމަލާދީ ޒަހަމްކޮށްލި ތިން ފުލުހުންގެ ތެރެއިން ދެ ފުލުހަކު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓުން ވިދާޅުވީ ދެ ފުލުހަކު ދޫކޮށްލާފައިވާއިރު ފުލުހަކަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ދިން އެ ހަމަލާއާއި ގުޅޭ ގިނަ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ. އެގޮތުން ހަމަލާ ދިނީ ކޯއްޗަކުން ކަމާއި ހަމަލާގައި ޒަހަމްވި ފުލުހުންނަށް ލިބުނު އަނިޔާގެ އެއްވެސް ތަފްސީލެސްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް ތިން މީހަކު ފުލުހުން ހައްޔަރުކޮށްފައިވެއެވެ. އެއީ ހަމަލާ ދިން ދުވަހު ހައްޔަރުކުރި ދެމީހަކާއި މިއަދު ހައްޔަރުކުރި މީހެކެވެ.
ދުވަހަށް އެނގިފައިވާގޮތުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ފުލުހުންތަކަކަށް މި ހަމަލާދިނީ މާލޭގައި ނަން މަޝްހޫރު ގޭންގަކުންނެވެ. އެ ގޭންގުން މި ހަމަލާ އެ ފުލުހުންނަށް ދިނީ ފުލުހުންގެ އެ ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި، ގޭންގަށް ނިސްބަތްވާ ބަޔަކަށް އަނިޔާކުރިކަމަށް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް