މަޖީދީ މަގަށް ފަހިވާހެން އިތުރު 69 ޕާކިން ސްލޮޓް ހަދައިފި

މިނީބަސް ދަތުރުތަކަށް ފަސޭހަކޮށްދިނުމަށް މަޖީދީމަގުން ޕާކިން ހުރިހާ ސްލޮތެއް ނަގާފައިވާއިރު އެ މަގަށް ފަހިވާނޭހެން އިތުރު 69 ޕާކިން ސްލޮޓް ހަދައިފިއެވެ. މިކަން ހާމަކޮށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަ...

12 Sep 2022 | 08:46

މިނީބަސް ދަތުރުތަކަށް ފަސޭހަކޮށްދިނުމަށް މަޖީދީމަގުން ޕާކިން ހުރިހާ ސްލޮތެއް ނަގާފައިވާއިރު އެ މަގަށް ފަހިވާނޭހެން އިތުރު 69 ޕާކިން ސްލޮޓް ހަދައިފިއެވެ.

މިކަން ހާމަކޮށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިނީ ބަސް އޮޕަރޭޝަން މަޖީދީމަގުގައި ހުރި ޕާކިން ޖާގަތައް ނަގާ އޭގެ ބަދަލުގައި ގާއިމްކުރަން ސަރުކާރުން ޖާގަދެއްވާ ތަންތަނުގެ ތެރެއިން ހ. މިމޯސާ ވިލާ ގޯޅިތެރޭގައި 69 ސައިކަލް ޒޯން ކުރަހާ ނިންމާފައިވާނެ ކަމަށެވެ.

https://twitter.com/MMuizzu/status/1569236021094793216?t=8FNoazTKPXEuwV3SfQ7-fA&s=08

މިނީބަސް އޮޕަރޭޝަނަށް ފަހިވާނޭހެން އިތުރު ޕާކިން ސްލޮޓްތަކެއް ހަދާފައިވާއިރު ބަސް އޮޕަރޭޝަނަށް ދަތިވާނޭހެން އެ ބަސް ރޫޓުގައި ހުންނަ އުޅަނދުތަކާމެދު ފިޔަވަޅު އަޅާނެކަމުގައި ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް