ގދ. ތިނަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ގާފު ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި މިއަދު މެންދުރު 12:30 ހާއިރު މި ހާދިސާ ހިނގާފައިވަނީ ތިނަދޫ، އާބާދު ނަމަކަށްކިޔާގެއެއްގައެވެ.
އެ ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި އަލިފާނުގެ މި ހާދިސާ ހިނގީ ނުނިވި އޮތް ސިނގިރޭޓަކުންނެވެ. ރޯވި އަލިފާން ސިފައިން ނިއްވާލާފައިވާއިރު ދެ ބާލީހަކާއި ގޮދަޑިއެއްގައި އަލިފާން ރޯވިކަމަށް ރިޕޯޓުކޮށްފައިވެއެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް