ފުލުހުންނަށް ހަމަލާދިން މައްސަލައިގާ އިތުރު މީހަކު ހައްޔަރު ކޮށްފި

މިދިޔަ ހުކުރު ދުވަހު ތިން ފުލުހަކަށް ހަމަލާދިން މައްސަލައިގާ އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓުން ވިދާޅުވީ އެ މައްސަލައިގާ ކޯޓު އަމުރެއްގެ ދ...

12 Sep 2022 | 08:31

މިދިޔަ ހުކުރު ދުވަހު ތިން ފުލުހަކަށް ހަމަލާދިން މައްސަލައިގާ އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓުން ވިދާޅުވީ އެ މައްސަލައިގާ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި 20 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

އިތުރު މީހަކު މިއަދު ހައްޔަރުކޮށްފައިވާއިރު މި މައްސަލައިގާ މީގެ ކުރިންވެސް ދެމީހަކު ހައްޔަރުކޮށްފައިވެއެވެ. ކުރިން ހައްޔަރުކުރި ދެމީހުންގެ ބަންދަށް ކޯޓުން ވަނީ، ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ދީފައެވެ.

ދުވަހަށް އެނގިފައިވާގޮތުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ފުލުހުންތަކަކަށް މި ހަމަލާދިނީ މާލޭގައި ނަން މަޝްހޫރު ގޭންގަކުންނެވެ. އެ ގޭންގުން މި ހަމަލާ އެ ފުލުހުންނަށް ދިނީ ފުލުހުންގެ އެ ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި، ގޭންގަށް ނިސްބަތްވާ ބަޔަކަށް އަނިޔާކުރިކަމަށް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް