ރާއްޖެ އަދި ލަންކާއަށް ގާއިމްކޮށްފައިހުންނަ ނޯވޭ އެމްބަސީ އުވާލަން ނިންމައިފި

ރާއްޖެއާއި ސްރީ ލަންކާއަށް، ސްރީ ލަންކާގައި ގާއިމްކޮށްފައި ހުންނަ ނޯވޭ އެމްބަސީ ބަންދުކުރަން އެ ގައުމުން ނިންމައިފިއެވެ. އެގޮތުން މި އެމްބަސީ ބަންދުކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ ...

12 Sep 2022 | 04:13

ރާއްޖެއާއި ސްރީ ލަންކާއަށް، ސްރީ ލަންކާގައި ގާއިމްކޮށްފައި ހުންނަ ނޯވޭ އެމްބަސީ ބަންދުކުރަން އެ ގައުމުން ނިންމައިފިއެވެ.

އެގޮތުން މި އެމްބަސީ ބަންދުކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ނޯވޭއިން ބުނެފައިވާގޮތުގައި މި ނިންމުން ނިންމާފައިވަނީ އެފަދަ އެމްބަސީތައް ހިންގުމުގެ އިދާރީ އޮނިގަނޑަށް ގެންނަ ބަދަލުތަކެއްގެ ތެރެއިންކަމަށެވެ. އެއްވެސް ހާލެއްގައި ސްރީ ލަންކާ އަދި ރާއްޖެއާއި ގުޅުން ގޯސްވެގެން ނޫންކަމަށެވެ.

ސްރީ ލަންކާގައި ގާއިމްކޮށްފައި ހުންނަ ނޯވޭ އެމްބަސީ ބަންދުކުރަން ނިންމާފައިވާއިރު ބޭރުގެ ބައެއް ގައުމުތަކުން ރާއްޖެ ހިމެނޭހެން ސަރަހައްދީ ބައެއް އެމްބަސީތައް ސްރީ ލަންކާ، އިންޑިއާ އަދި ބަންގްލަދޭޝްގައިވެސް ގާއިމްކޮށްފައި ހުރެއެވެ. އެފަދަ ބައެއް އެމްބަސީތަކަށް ކަނޑައަޅާ އެމްބެސެޑަރުން ކަނޑައަޅަނީ އެއް ގައުމަކަށްވުރެ ގިނަ ގައުމަކަށް ނިސްބަތްކޮށް ހިދުމަތް ދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް