އެމްޑީޕީގެ އިންތިހާބުގައި 733 ކެންޑިޑޭޓުން ވާދަކުރޭ، ވޯޓު ލެވޭ 93،000 މީހުން އެބަތިބި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި 700 އަށްވުރެ ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު މިއަދު ވިދާޅުވީ އިނ...

12 Sep 2021 | 17:24

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި 700 އަށްވުރެ ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު މިއަދު ވިދާޅުވީ އިންތިޚާބުގައި އެކި ދާއިރާތަކާއި އެކި މަގާމުތަކަށް 733 ކެނޑިޑޭޓުން ވާދަކުރާނެ ކަމަށެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 93،165 މީހުންނަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ވޯޓުލުމުގެ ފުރުސަތު ދޭނީ އެހެން އިންތިޚާބުތަކުގައިވެސް އަމަލުކުރާ އުސޫލުން ޕާޓީގެ ދަފްތަރުގައި ހިމެނޭ މީހުންނަށް ކަމަށް ވިދާޅުވި އެވެ. ހަސަން ވިދާޅުވީ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ވޯޓުލާން ފުރުސަތު ދޭނީ ބަލަންޖެހޭ ކަންކަން ބެލުމަށް ފަހުކަމަށެވެ.

އެގޮތުން ބައެއް މީހުން އެހެން ޕާޓީތަކުގެ ދަފްތަރުގައި ތިބި ކަމުގެ ގިނަ ޝަކުވާތަކެއް ލިބިފައިވާތީ އެ ފަރާތްތަކަށް ވޯޓުލުމުގެ ހައްގު ނުލިބޭނެ ކަމަށް ވިދާޅުވި އެވެ. އަދި މިހާޜު އެ ފަރާތްތައް ވޯޓާސް ލިސްޓުން އުނިކޮށްފައި ކަމަށް ވިދާޅުވި އެވެ.

ލިސްޓުން އުނިކުރީ އިންތިހާބު އިއުލާނު ކުރި ފަހުން ޕާޓީގެ ދަފްތަރުން ކެނޑުނު މީހުންނެވެ.

ހަސަން ވިދާޅުވީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގަ ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށާއި އާބާދީ ބޮޑެތި ރަށްރަށުގައި ގިނަ ފޮށިތަކެއް ބަހައްޓަން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ވޯޓު ފޮށްޓަކަށް ބޭނުންވާ އަދަށް އޮފިޝަލުން ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އޮފިޝަލުން ހޯދުމުގައި އެންމެ ދަތިވާ ކަމަކީ އިންތިޚާބެއް ބާއްވާއިރު އޮފިޝަލުންގެ ގޮތުގައި ކެންޑިޑޭޓުންނާއިއެކު މަސައްކަތްކުރާ ފަރާތްތައް އޮފިޝަލުންގެ ގޮތުގައި ބައިތިއްބަން ޖެހުން ކަމަށެވެ. އެހެންކަމުން އޮފިޝަލުންގެ ގޮތުގައި ކެންޑިޑޭޓުންނާއި އެކީ މަސައްކަތް ނުކުރައްވާ ފަރާތްތައް ހަމަޖެއްސުމަށް ހަސަން ވަނީ އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު އޮތީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް