ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާގެ ސަފާރާގެ ފަސްޓު ސެކެޓްރީ މިސްޓަރ ކަރަން ޔާދޭވްއާއި އިންޑިޔަން ކަލްޗަރަލް ސެންޓަރގެ ޑިރެކްޓަރު ޑރ. ސައްޔިދު ތަންވީރު ނަސްރީން ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމާ އެކެޑަމީގައި ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚުގެ ދާއިރާއިން ދެ ފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރެއްވި އެވެ. އަދި ކުރިއަށް އޮތްތާނގައި އިންޑިޔާގެ ޔުނިވަރސިޓީއެއްގައި ނުވަތަ ކަނޑައަޅާ ތަންތަނުގައި ދިވެހިބަހުގެ އަސާސީ ކޯސް ހިންގަން ފެށުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.
މީގެ އިތުރުން ދިވެހިބަހުން ހިންދީބަހަށް އަދި ހިންދީ ބަހުން ދިވެހިބަހަށް ތަރުޖަމާ ކުރުމާއި ފޯކްލޯއާއި ލިންގްއިސްޓިކް ދާއިރާއިން ބޭނުންވާ ކުރު މުއްދަތުގެ ކޯސްތައް ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިނުމަށް ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް