ޓިކްޓޮކްގައި އޮރިޔާންވި ޔާޔާގެ ބަންދަށް 15 ދުވަސް ޖަހައިފި

ސޯޝަލް މީޑިއާ ނެޓްވޯކް ޓިކްޓޮކް ވީޑިއޯއެއްގައި އަމިއްލައަށް އޮރިޔާންވި، މުހައްމަދު ނަބީލް (ޔާޔާ) ގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ. އޭނާ އަމިއްލައަށް އޮރިޔާންވާ ވީޑިއޯއެއް އާންމު ކުރިތާ މިހާރު ދެތިން...

12 Sep 2021 | 14:20

ސޯޝަލް މީޑިއާ ނެޓްވޯކް ޓިކްޓޮކް ވީޑިއޯއެއްގައި އަމިއްލައަށް އޮރިޔާންވި، މުހައްމަދު ނަބީލް (ޔާޔާ) ގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

އޭނާ އަމިއްލައަށް އޮރިޔާންވާ ވީޑިއޯއެއް އާންމު ކުރިތާ މިހާރު ދެތިން ދުވަސް ވެއްޖެ އެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސޯޝަލް މީޑިއާގައި ބަރަހަނާ ވީޑިއޯ އާންމު ކުރި 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.

މިރޭ ފުލުހުން ބުނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން15 ދުވަހުގެ މުއްދަތު ޖަހައިދީފަ ވާކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޔާޔާ އަކީ ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން އަންހެން ވައްތަރުވެގެން ވީޑިއޯ ހަދައި އާންމު ކުރާ މީހެކެވެ. އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން މީގެ ކުރިންވެސް އަމާޒުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް