އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ނުވަތަ ބައިނަލއަަގުވާމީ ޖައްވީ އިދާރާ މިއަދު އިރުއޮއްސޭ ވަގުރު ދިވެހިރާއްޖެ މަތިން ދަތުރުކުރާނެކަން އެ ތަނުން ހާމަކޮށްފިއެވެ.
އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނުން ހާމަކުރި ގޮތުގައި މިއަދު އިރުއޮއްސި 6:55 ގައި ދިވެހިރާއްޖެ މަތިން މި އުޅަނދު ދަތުރުކުރާ މަންޒަރު ބަނަ ނޫންނަމަ ފެންނާނެއެވެ. ސްޕޭސް ސްޓޭޝަން ދަތުރުކުރާނީ މާލެ އާއ ދާދި ކައިރިން އިންޑިއާގެ ބެންގަލޫރާ ސީދާކޮށެވެ. ރާއްޖެއަށް ސްޕޭސް ސްޓޭޝަން ފެންނާނީ ގިނަވެގެން މިނެޓެއްހާ އިރަށެވެ.
މި ބިމުން ފެށިގެން 437 ކިލޯމީޓަރު އުހުގައި ޖައްވުގެ ތެރޭގައި މި ބިމުގެ ވަށައިގެން ބުރުޖަހަމުން އަންނަ، ބައިނަލްއަގުވާމީ ޖައްވީ އިދާރާ (އައިއެސްއެސް) މިހާރު އަންނަނީ ވަރަށް ބޮޑަށް ހަލާކުވަމުން ކަމަށް، ރަޝިޔާގެ ކަމާ ބެހޭ އޮފިޝަލުން ވިދާޅުވެއެވެ.
ރަޝިޔާ، އެމެރިކާ، ޖަޕާން ކެނެޑާގެ އިތުރުން ވިލާތުގެ ބައެއް ގައުމުތައް ގުޅިގެން މަޝްރޫއެއްގެ ދަށުން، ޖައްވީ ސްޓޭޝަން އުފެއްދީ 1998 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭރު ޖައްވީ ސްޓޭޝަން އުފެއްދީ 15 އަހަރު ދުވަހަށް ބޭނުންކުރެވޭނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް މިހާރު ޖައްވީ ސްޓޭޝަންގެ އުމުރުން 23 އަހަރުވީ އެވެ.
ރަޝިޔާގެ ޖައްވީ އިދާރާ ރޮސްކޮސްމޮސް އިން މިދިޔަ އަހަރު ބުނި ގޮތުގައި ޖައްވީ ސްޓޭޝަނަށް މިހާރު ލިބެމުންދާ ގެއްލުންތަކަށް ބަލާއިރު، 2030 ވަނަ އަހަރަށް ފަހު، ޖައްވީ ސްޓޭޝަން ބޭނުމެއް ނުކުރެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް