އިންޑިއާގެ ޓީވީ ތަރި ޝަހީރް ޝެއިހް އަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.
ޝަހީރު އާއި އަންހެނުން ރުޗިކާ ކަޕޫރަށް އަލަތު ދަރިފުޅު ލިބުނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އެކަމަކު އެމީހުން އަދި ރަސްމީކޮށް އެކަން ހާމައެއް ނުކުރެ އެވެ
ރުޗިކާ ބަލިވެ އިންކަންވެސް އެމީހުން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. އޭނާ ބަނޑުބޮޑު ކަން ހާމަކުރީ މިދިޔަ ޖޫން މަހުގެ ތެރޭގައި ޝަހީރު އާންމު ކުރި އާއިލީ ފޮޓޯއެއްގައި ރުޗިކާގެ ބަނޑު އެނގެން ހުރުމުން ފޭނުން ސުވާލު ކުރުމުންނެވެ.
ރުޗިކާ ވިހޭކަން މީޑިއާގައި ހާމަ ކުރީ އެ ދެމަފިރިންގެ ގާތް މީހެއް ކަމަށްވެ އެވެ. އޭނާ ބުނީ ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ޝަހީރު ދާއިރާއަށް ތައާރަފުވީ ސްޓާ ޕްލަސް އިން 2011 ވަނަ އަހަރު ފެށި ޑްރާމާ ސިލްސިލާ "ނަވްޔާ" އިންނެވެ. އޭނާ އެންމެ މަޝްހޫރުވީ ހަމަ އެ ޗެނަލްގެ ސިލްސިލާ "މަހާބާރަތް" ގައި ކުޅެމުންދާ އަރުޖުންގެ ރޯލުންނެވެ.
ރުޗިކާ އަކީ ބަލާޖީ ފިލްމު ޕްރޮޑަކްޝަންގެ ސީނިއާ ވައިސް ޕްރެސިޑެންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް