މާލެ އަތޮޅުގެ ތިޖޫރި ފަޅާލައި ވައްކަން ކޮށްފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ކައުންސިލްގެ ތިޖޫރި ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަނީ ނަގާފައެެވެ. އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައުމުން ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ނަމަވެސް އަދި އެ މައްސަލައިގާ މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ކައުންސިލްގެ ތިޖޫރި ފަޅާލައިގެން ވަގަށް ނަގާފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަން ސާފެއް ނުވެއެވެ.
އެ ކައުންސިލުން މިއަދު ބުނެފައިވާގޮތުގައި އެ މައްސަލަ ބަލަމުން އަންނާތީ އެ ކައުންސިލުގެ ހިދުމަތް މިއަދު ވަގުތީގޮތުން ވަނީ މެދުކަނޑާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް