ނޫރު މިސްކިތުގެ ތަނބެއްގައި، ބޮމެއް ގޮއްވާލާނެކަމުގެ އިންޒާރު ލިޔެފައިވާތީ އެ މިސްކިތުގެ މަތީ ފަންގިފިލާ ބަންދުކޮށްފިއެވެ.
އިންޒާރުގެ ލިޔުން ލިޔެފައިވާ ތަނބުގެ ފޮޓޯއެއް މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު ތަނބުގައި ލިޔެފައިވާ އެ އިންޒާރުގެ މެސެޖުގައި ބުނެފައިވަނީ "މިތާގައި ގަދަވާނީ ބަންގާޅީން ކަމަށާއި އެމީހުން ބޭނުން ގޮތެއް ހަދާނެ" ކަމަށެވެ.
"ވަރަށް އަވަހަށް ބޮމެއް ގޮއްވާލާނަން، ދިވެހި ޤައުމު ސުންނާފަތިކޮށްލާނަން" އިންޒާރުގެ މެސެޖުގައި ލިޔެފައިވެއެވެ.
މިކަމާއި ގުޅޭގޮތުން ރަސްމީ އިދާރާއެއްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް