މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ފޮރިން މިނިސްޓަރ ޝާހިދު ކުރައްވާ މަސައްކަތްޕުޅު ފާހަގަކޮށް، އިންޓަނޭޝަނަލް ޖެންޑަރ ޗެމްޕިއަން ލަޤަބު އެމަނިކުފާނަށް އަރުވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވާގޮތުގައި މި ލަޤަބު އެމަނިކުފާނަށް އަރުވާފައިވަނީ ނިއުޔޯކްގައި ތިއްބަވާ އަންހެން ސަފީރުންނާއެކު މިނިސްޓަރ ޝާހިދު ބޭއްވެވި ބައްދަލުވުމެއްގައެވެ. ސަފީރުން ވަނީ މިންތީގެ ހަމަހަމަކަން ޤާއިމްކޮށް، އދގެ އާއްމު މަޖިލީހުގެ ރައީސްގެ އޮފީހަކީ މިންތީގެ ހަމަހަމަކަން ޤާއިމް ކުރެވިފައިވާ އޮފީހަކަށް ހައްދަވާނެކަމަށާއި، އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނީ ހަމައެކަނި މިންތީގެ ހަމަހަމަކަން ޤާއިމްވެފައިވާ ޕެނަލްތަކުގައި ކަމަށް މިނިސްޓަރ ޝާހިދު ވެވަޑައިގެންނެވި ވައުދު ފާހަގަކުރައްވާފައެވެ. އަދި މިންތީގެ ހަމަހަމަކަމާއި (Gender Equality) ޖިންސީ ފުރައްސާރައިން ރައްކާތެރިވުމާ (Prevention of Sexual Harassement)ގުޅޭ ތަމްރީންތައް ފުރިހަމަކުރުމަށް އެމަނިކުފާނުގެ އޮފީހުގެ މުވައްޒަފުންނަށް މަޖުބޫރުވާނެކަމަށް ނިންމެވި ނިންމެވުމަށްވެސް ސަފީރުން ވަނީ މަރުހަބާ ވިދާޅުފައެވެ.
https://twitter.com/SwissAmbUN_NY/status/1436267149375545345
މިނިސްޓަރ ޝާހިދުގެ ބެއްލެވުމުގެ ދަށުން ހިންގަމުން އަންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިންގެ ދެބައިކުޅަ އެއްބަޔަކީވެސް އަންހެނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް