އިޖްތިމާޢީ ޒިންމާގެ ދަށުން، ގއ. ދާންދޫ އަލަށް އާބާދުވާ ސަރަޙައްދުގެ މަގުތައް ސާފުކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް އެބަ ގެންދެއެވެ.
އެ ކުންފުނިން ބުނީ، ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން، ދާންދޫ އަލަށް އާބާދުވާ ސަރަޙައްދުގެ މަގުތައް ސާފުކުރުމާއި، ލެވެލް ކުރުމާއި، ރަށުގެ މަގުތަކުގައި ވިއްސާރަ މޫސުމުގައި ފެންބޮޑުވާ ދިމަދިމާލަށް ވެލިއަޅައިދިނުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން ކަމަށެވެ.
ދާންދޫން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިންހިއްކުމާއި، 1238 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
ޖުމުލަ 350 ދުވަސްތެރޭ މަސައްކަތް ނިންމައި ހަވާލު ކުރުމަށް އެމްޓިސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 186.6 މިލިއަން ރުފިޔާ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް