ޑިސްކަވަރީ ޕްލަސްއިން ދައްކަމުން އަންނަ މަގްބޫލު އެޑްވެންޗަރ ޝޯ، "އިން ޓު ދަ ވައިލްޑް" ގެ އެޕިސޯޑެއް ޝޫޓް ކުރުމަށް އެ ޝޯގެ ހޯސްޓް ބެއަރ ގްރިލްސް އާއެކު ބޮލީވުޑް ބަތޮލު އަޖޭ ދޭވްގަން ރާއްޖެ އަންނާނެ ކަމަށް އިންޑިއާ މީޑިއާއިން ބުނެފިއެވެ.
މި އެޕިސޯޑާއި ގުޅޭ މާ ގިނަ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ޝޯއަކީ އެޑްވެންޗަރަރ އަދި ސަރވަވައިވަލިސްޓް، ބެއަރ ގްރިލްސް ހުށަހަޅައިދެމުން އަންނަ ޝޯއެކެވެ. މި ޝޯގައި އޭނާއާއެކު ގިނައިން ފެނިގެންދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަޝްހޫރު ފަރާތްތަކެވެ.
ބެއަރ ގްރިލްސްއާއެކު 48ގަޑިއިރު ހޭދަކުރާގޮތަށް، ދަތި ހާލަތްތަކެއް މި ޝޯގައި ބައިވެރިވާ ފަރާތްތަކަށް ކުރިމަތިކުރުވާގޮތަށް ކުރިއަށްގެންދާ މި ޝޯގައި އަކްޝޭ ކުމާރާއި ރަޖްނީ ކާންތު މީގެ ކުރިން ބައިވެރިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް